Saturday, October 31
ހުޅުމީދޫ ވޯޓުދިނީ ވަކި ކައުންސިލް ހަދަން، ފޭދޫ މެޖޯރިޓީ ވަކި ކައުންސިލެއް ބޭނުން ނުވޭ

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ހުޅުދޫ އާއި މީދޫގެ ރައްޔިތުން ނިންމާ ސިޓީ ކައުންސިލްގައި ތިބުމަށް ފޭދޫ ރައްޔިތުން ނިންމައިފި އެވެ.

ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް މިއަދު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާތަކަށް ބަލާއިރު، ހުޅުދޫ އަދި މީދޫއަށް ހާއްސަކޮށްގެން ބެހެއްޓި ހުރިހާ ވޯޓު ފޮއްޓެއްގެ ނަތީޖާ ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އެގޮތުން އައްޑޫ ކައުންސިލުން ވަކިވާން ފެންނަ ކަމަށް ހުޅުދޫގެ 720 މީހަކު ވޯޓު ދީފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުންނެވެ. އަދި އައްޑޫ ކައުންސިލުން ވަކިވާން މީދޫގެ 841 މީހަކު ވޯޓު ދިންއިރު، ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 144 މީހުންނެވެ. އެގޮތުން އައްޑޫ ކައުންސިލުން ވަކިވާން ފެންނަ ކަމަށް ފޭދޫގެ 616 މީހަކު ވޯޓު ދީފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދިނީ 1782 މީހުންނެވެ.

މި ވޯޓުގައި ހުޅުދޫގެ 37 ޕަސެންޓު މީހުން ވޯޓުލާފައިވާއިރު، މީދޫން ވޯޓުލާފައިވަނީ 43 ޕަސެންޓު މީހުންނެވެ.

މިއީ ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނެގި ފުރަތަމަ ވޯޓެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު