Saturday, November 14
ކްރިމިނަލް ކޯޓުގެ ގާޟީ ފާއިޒް ސަސްޕެންޑްކޮށްފި

ކްރިމިނަލް ކޯޓުގެ ގާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ހާމަކުރި ގޮތުގައި ގާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައާ ގުޅިގެން މައްސަލައިގެ ބާވަތަށާއި، ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަށް ރިޢާޔަތްކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އިއްޔެއިން ފެށިގެން ވަނީ އަންގައިފައެވެ.

ކްރިމިނަލް ކޯޓުގެ ގާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު ސަސްޕެންޑްކޮށްފައިވަނީ 60 ދުވަހަށެވެ. މިއީ ޤާނޫނުގެ ދަށުން ފަނޑިޔާރަކު ސަސްޕެންޑްކުރެވޭނެ އެންމެ ދިގު މުއްދަތެވެ.

ނަމަވެސް ޤާޟީ ފާއިޒް ސަސްޕެންޑްކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު