Saturday, November 14
ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް އިޞްލާޙު ގެނެސްފި

ޕޮލިސް ރިކޯޑް ބެލެހެއްޓޫމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް އެއް ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު ގެޒެޓްކޮށް އެއަށް އަމަލުކުރަން ފަށައިފިއެވެ.

އެގޮތުން އެ ގަވާއިދަށް ގެނައި އިޞްލާޙުގައި ބުނެފައިވާ ގޮތުން ޖިނާއީ މައްސަލައެއްގައި ދައުވާ ނުކުރެވޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފި ނަމަ، އެ ނިންމުން ނިންމި ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި، ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމަށްފަހު، އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެއެވެ.

މީގެ އިތުރުން، ތަހުގީގު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި، އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ މައްސަލައިގައި ދައުވާ އުފުލޭނެ މިންވަރަށް ހެކި ލިބިފައިވާ މައްސަލައަކަށް ނުވާ ނަމަ، އެ މައްސަލައިގެ ބާވަތަށާއި، ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރާއިރު އެފަދަ ހެއްކެއް އަލުން ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށް އެ މައްސަލައެއް ތަހުގީގުކުރި ފަރާތާއި، އެ ފަރާތުގެ ސުޕަވައިޒަރަށް ގަބޫލުކުރެވޭކަން ބަޔާންކޮށް ލިޔުމުންކުރާ އެންޑޯޒްމަންޓަކަށް ބިނާކޮށް، އެ ސަބަބުގެ މައްޗަށް ރިއާޔަތްކޮށް، އެ މައްސަލައެއް ފައިލްކުރެވުނު ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި، ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމަށްފަހު، އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެ ކަމަށްވެސް އަލަށް ގެނައި އިޞްލާޙުގައި ބުނެފައިވެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ 2025 އޮކްޓޫބަރު 21 ވަނަ ދުވަހުއެެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު