Saturday, November 14
އޭއައިއޭގެ ބޯޑަށް ޣާޒިޔާ ޢައްޔަންކޮށްފި

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް (އޭއައިއޭ) ގެ ނޮން-އެގްޒެކެޓިވް މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި އޭއައިއޭގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ އާބާދީގެ، ސ. ފޭދޫ، ފާޠިމަތު ޣާޒިޔާ ފަތުޙީއެވެ.

ޣާޒިޔާ އަކީ ޗައިނާގެ ޔުނިވަރސިޓީ އޮފް އިންޓަރނޭޝަނަލް ބިޒްނަސް އެންޑް އިކޮނޮމިކްސް އިން 2022ވަނަ އަހަރު މާސްޓަރޒް އޮފް ވަރލްޑް އިކޮނޮމިކްސް ކޯސް ފުރިހަމަކުރައްވައި، އެންމެމަތީ ދަރަޖައިގައި ފާސްވެ، އެ ކޯހުން 1 ވަނަ ހޯއްދަވައި، "މޯސްޓް އައުޓްސްޓޭންޑިންގ ސްޓޫޑެންޓް އެވޯޑު" ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޣާޒިޔާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު