Saturday, October 31
ލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކޮށްފި
ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ޤާއިމްކޮށް ޚިދުމަތްދޭން ފަށައިފިއެވެ. ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ދޭންފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ  ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ގާއިމްކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އަދި މިހާރު މިވަނީ ލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ 11 ރަަށައް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ލިބެންނެތް 7 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފައްޓަވާފައެވެ. އެއީ ހިތަދޫ، ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، އިސްދޫ އަދި ކަލައިދޫއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލްއިން 20 އަތޮޅުގައި 42 ބްރާންޗް، 194 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ ދަނީ ހިންގަމުންނެވެ. އަދި 252 އޭޓީއެމްވެސް އެ ބޭންކުން ވަނީ ޤާއިމްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު