Saturday, October 31
ކަލައިދޫ-ދަނބިދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފަށައިފި

ލ. ކަލައިދޫ ދަނބިދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ކަލައިދޫއާއި ދަނބިދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ކަލައިދޫއާއި ދަނބިދޫއާ ދޭތެރޭ އެއް ކިލޯމީޓަރުގެ ކޯޒްވޭއެއް ޤާއިމްކުރެވޭނެއެވެ. މީގެ ތެރޭގައި 36.17 މީޓަރު ދިގު މަގަކާއި، 7.80 މީޓަރުގެ ދުއްވާ ސަރަހައްދެއް ހަދާނެއެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން، 271 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެއެވެ.

މިއީ 155.94 މިލިއަން ރުފިޔާއަށް 550 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު