Saturday, October 31
ފޮނަދޫގައި އައިޔޫއެމްގެ ކެމްޕަހެއް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ލ. ފޮނަދޫގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ކެމްޕަސް އިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އައިޔޫއެމްގެ ވައިސް ޗާންސެލަރ، ޑރ. ޢަލީ ޒާހިރެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި ފޮނަދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން 3،911.92 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ މައި އިމާރާތެއް ކުރާނެއެވެ. އަދި 1،970.76 އަކަފޫޓުގެ ސަރަހައްދެއްގައި އެއް ފަންފިލާގައި މިސްކިތަކާއި ވުޟޫ ކުރާ ބައެއް ހަދާނެއެވެ. މީގެ އިތުރުން 1،571.53 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ މުވައްޒަފުން ތިބޭނެ ބަޔަކާއި، 7،836.12 އަކަފޫޓުގެ ސަރަހައްދެއްގައި ހަތަރު ފަންގިފިލާގައި މުނިފޫހިފިލުވާނެ ބަޔަކާއި، ޖިމަކާއި ކެފެޓީރިއާއެއް ހަދާނެއެވެ.

މިއީ 17.60 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު