Tuesday, November 3
މާމެންދޫ ބަނދަރު ތަރައްޤީ ކުރުމާއި ބިން ހިއްކުން އެމްޓީސީސީ އަށް

ލ. މާމެންދޫ ބަނދަރު ތަރައްގީކުރުމާއެކު، އެ ރަށުގެ މަގުތައް ޒަމަނީ ފެންވަރަށް ހަދައި، ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ތިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައެވެ.

އެ ތިން މަޝްރޫއުގެ ތެރެއިން މާމެންދޫ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މަގުހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ދައުލަތުގެ މަގު ހަދާ ކުންފުނި ރޯޑްް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓަރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ އަބްދުﷲ މުއްތަލިބު ސޮއިކުރެއްވިއިރު، އެ އެއްބަސްވުމުގަައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

މި ތިން އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެ ރަށު ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ އެ މަޝްރޫއުތަކަކީ އެ ރަށަށް މުހިއްމު މަޝްރޫއުތަކެއްކަން ފާހަގަކުރައްވައި އެ މަޝްރޫއުތައް ހަލުއިކަމާއެކު ކުރިއަށްގެންދަވައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށު ރައްޔިތުންނަށް ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު