Tuesday, November 3
ލ. ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއި ރިސޯޓެއް ހެދުން އެމްއޭސީއެލްއަށް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ހޮޓެލް ސްކޫލާއި، އެ ހޮޓަލް ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ ތަމްރީނު ޕްރޮގުރާމުތައް ހިންގާ ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމައްޗަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ލ. މާމެންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ގައުމީ ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ. ރަހީމާ އަބްދުއްރަހީމް އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފު މުހައްމަދެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓެލް ސްކޫލެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެކެވެ. އަދި އެ ހޮޓަލްސް ސްކޫލު ލ. އަތޮޅުގައި ތަރައްގީކުރުމަކީ ކުރިން ސަރުކާރުން އިއުލާނުކޮށްފައިވާ ސިޔާސަތެއް ވެސް މެއެވެ.

މި ހޮޓަލް ސްކޫލު ތަރައްގީކޮށް ހިންގުމަށް ފަންނީ ގޮތުން ވާންޖެހޭ ތައްޔާރިތައް ގައުމީ ޔުނިވަސިޓީން ފުރިހަމަކޮށްފައިވެއެވެ. އެގޮތުން މެލޭޝިޔާ އާއި އޮސްޓްރޭލިއާގެ ޔުނިވަސިޓީތަކާއެކު، ފަތުރުވެރިކަން ތަރައްގީކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކުގައި އެމްއެންޔޫއިން ސޮއިކޮށްފަައިވެއެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް ގާއިމުކުރާ ހޮޓެލް ސްކޫލަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، ބައިނަލްއަގުވާމީ ދަރިވަރުން ތައުލީމު ހާސިލުކުރަން އަންނަ ފެންވަރުގެ ތަނަކަށް ހެދުމަކީ ސަރުކާރުގެ ތަސައްވުރު ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު