Saturday, October 31
ފޮނަދޫގައި އެމްއައިބީގެ އޭޓީއެމެއް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމެއް ލ. ފޮނަދޫގައި ހުޅުވައިފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އޭޓީއެމް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ފޮނަދޫގައި އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅުގެ ރަށްރަށަށް ކުރައްވާދަތުރުފުޅުގެ ތެރެއިން ފޮނަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

މި އޭޓީއެމުން ފައިސާ ޑިޕޮސިޓްކުރުމާއި ފައިސާ ނެގުމުގެ ޚިދުމަތް ލިބޭނެއެވެ. މި އޭޓީއެމް 24 ގަޑިއިރު ހުޅުވިފައި ހުންނާނެއެވެ.

މިއީ އެމްއައިބީން ލ. އަތޮޅުގައި ޤާއިމްކުރި ތިންވަނަ ސަރވިސް ސެންޓަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު