Saturday, October 31
ފެމިލީ ކޯޓުގެ ޤާޟީ ކަމަށް ދެ ބޭފުޅަކު ޢައްޔަންކޮށްފި

ފެމިލީ ކޯޓުގެ ޤާޟީ ކަމަށް ދެ ބޭފުޅަކު ޢައްޔަންކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފައިވާ ގޮތުގައި ފެމިލީ ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކޮށްފައިވަނީ ލ.މާބައިދޫ ހަވީރީމަންޒިލް، އަލްއުސްތާޛު އަޙްމަދު މަޢުޞޫމް އަދި ރ.ހުޅުދުއްފާރު އިލާޒާ، އަލްއުސްތާޛު މުޙައްމަދު ޒާހިދުއެވެ. މި ދެ ބޭފުޅުން ފެމިލީ ކޯޓުގެ ޤާޟީކަމަށް ޢައްޔަންކޮށް، ކުރުމަށް މަޤާމުގެ ހުވައި ކުރައްވާފައިވަނީ އިއްޔެއެވެ.

މިގޮތުން މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި އެ ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ.

2020 ޖަނަވަރީ 21 ވަނަ ދުވަހުން ފެށިގެން ފެމިލީ ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމު އަދާކުރައްވަމުން ގެންދަވާ އަލްއުސްތާޛު އަޙްމަދު މަޢުޞޫމް ވަނީ އަލް އަޒްހަރު ޔުނިވަރސިޓީ އިން ބެޗެލަރ އޮފް އާޓްސް އިން ސޯޝަލް ސަރވިސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ބެޗެލަރސް އޮފް ޝަރީޢާ ވިތް އޮނަރސް އަދި ވިލާ ކޮލެޖް އިން ޕޯސްޓް ގްރެޖުއޭޓް ސަރޓިފިކެޓް އިން ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ޝަރީޢާ ޙާސިލް ކުރައްވާފައެވެ.

އަލްއުސްތާޛު މުޙައްމަދު ޒާހިދުއަކީ އަލް އަޒްހަރު ޔުނިވަރސިޓީއިން ބެޗެލަރ އޮފް އާޓްސް އިން ޝަރީޢާ އެންޑް ލޯ އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ފޮލިސީ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޑެޕިއުޓީ ސްޓޭޓް އެޓާރނީ އެއްގެ ގޮތުގައި 2011 ޖޫން 22 އިން 2013 އޮގަސްޓް 14 އަށް އަދި ޕްރިންސިޕަލް ކައުންސެލްގެ ގޮތުގައި 2016 އޮގަސްޓް 11 އިން 2018 ނޮވެންބަރު 17 އަށް އެޓަރނީ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރައްވާފައިވާ އަލްއުސްތާޛު މުޙައްމަދު ޒާހިދުވަނީ ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ހައިސިއްޔަތުން 2013 އޮގަސްޓް 15 އިން 2016 މާރިޗު 08 އަށް ފަނޑިޔާރުކަން ކުރައްވާފައެވެ. މީގެ އިތުރުން ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 6 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު