Saturday, October 31
މާވަށު ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުގެ ބިންގާ އަޅައިފި

ލ. މާވަށުގައި ޤާއިމްކުރާ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

ގޮއިދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާވަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި މިމަސައްކަތް އިފްތިތާޙް ކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. އަދި އަރިހުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރާއި މާވަށު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށޭނެ ކުނި މެނޭޖުކުރާނޭ ނިޒާމާއި ވަސީލަތްތައް ޤާއިމްކޮށްދެއްވާނެކަން އިޢުލާންކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު