ކ. ހުރާގެ ވަކި ސަރަހައްދެއް ފުޓްސެކިއުރީއަށް ޚާއްސަ ކުރުމާއި ގުޅޭގޮތުން އެރަށުގެ ކައުންސިލާއި، މި ވުޒާރާއާއި އެކު މަޝްވަރާތަށް ކޮށްފިއެވެ.
ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާތަކުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާއާއި ވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވިއެވެ. އަދި ކ. ހުރާ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަދި މެންބަރުންނާއި އިދާރީ މުވައްޒަފަކު ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ހުރާގައި ފުޑް ސެކިއުރިޓީއަށް ވަކި ސަރަހައްދެއް ގާއިމްކުރުމަކީ، އެރަށު ކައުންސިލުންވެސް ޝައުގުވެރިކަން ހުރިކަމެއްކަމަށާއި، އެކަމަށް ދެވޭނެ ހުރިހާ އެއްބާރުލުމެއް ކައުންސިލްގެ ފަރާތުން މި ވުޒާރާއަށް ދެއްވާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެގޮތުން އެރަށުން އެކަމަށް ބިމެއް ކަނޑައަޅުއްވާ، ވަރަށް އަވަހަށް ވުޒާރާއަށް ދިނުމުގެ ހުއްދަތަކަށް ކަމާއި ގުޅުން ހުރި އިދާރާތަކަށް ހުށައަޅާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ފުޑްސެކިއުރިޓީއަށް އަދުގެ ސަރުކާރުން ނުހަނު އިސްކަން ދެއްވާކަން ފާހަގަކުރެއްވިއެވެ އެގޮތުން އެކަމަނާ ވިދާޅުވީ ސަރުކާރުގެ ކަމާއި ގުޅުންހުރި ހުރިހާ އިދާރާއަކުންވެސް، އެކަމަށް ބޭނުންވާ ހުއްދަތަކާއި، އެހެނިހެން ކަންކަން ހަމަޖެއްސައިދެއްވުމުގައި އިހުނަަށްވުރެ އިސްކަންދެއްވަވާ، ކަންކަން އަވަސްކޮށްދެއްވާކަމަށެވެ. އަދި މާލެ ސަރަހައްދުގައި މިފަދަ ބިމެއް ޚާއްސަވެފައި އޮތުމަކީ ރައްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އިޤްތިޞާދަށް މަންފާކުރާނެކަމެއްކަން ފާހަގަ ކުރައްވާފައިވެއެވެ.