Tuesday, November 3
އައްޑޫއަށް ބޭނުންވަނީ ސިޓީގައި ދިރިއުޅޭ އާބާދީ އިތުރުކުރެވޭނެ ގޮތެއް: ނަޝީދު
ބައިބައިވެގެން އައްޑޫ ސިޓީއަށް މޮޅެއް ނެތް ކަމަށާއި ބޭނުންވަނީ އެ ސިޓީގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުކުރެވޭނެ ގޮތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާޏު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިދޭސީންނަށް ރަށްވެހިކަން ދޭން ޚިޔާލު ދެއްވާފައެވެ. އައްޑޫގައި ހޮނިހިރުދުވަހު ނަގާވޯޓާއި ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އައްޑޫ ސިޓީ ބައިބައިކުރުމުން ވަކިވަކި ރަށްތަކަށް ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އެ ސިޓީގެ ތަރައްގީއަށް ބޭނުންވަނީ އައްޑޫގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުކުރެވޭނެ ގޮތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، އެ މަނިކުފާނުގެ ޚިޔާލަކީ ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވާ، ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ވަކި މުއްދަތަކަށް އައްޑޫ ސިޓީގައި ވަޒީފާ އަދާކުރަން ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމެވެ.   ނަޝީދު ވިދާޅުވީ، އިސްލާމީ އުންމަތުގައި މި ފަދަ ފުރުސަތުތަކުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުންނާއި، ޑޮކްޓަރުންނާއި، ޓީޗަރުން އަދި އެ ނޫން ވެސް ފަންނީ މީހުން ބައިވަރު ތިބޭނެ ކަމަށެވެ. ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އެ ސިޓީގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމުގެ ވިސްނުމެއް ގެންގުޅުއްވާކަން، ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ 17 ގައެވެ. އެ ވޯޓު އޮންނާނީ މި މަހުގެ 25 ގައިކަން އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއުލާނުކުރީ މި މަހުގެ އަށްވަނަ ދުވަހެވެ. އެގޮތުން ފޭދުއާއި ހުޅުދުއާއި މީދޫގެ ރައްޔިތުންގެ ޚިޔާލަށް އަހާނީ، އެ ތިން ރަށުގައި ވަކި ކައުންސިލެއް ހޮވުމަށް ފެންނަތޯއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު