Tuesday, November 3
މާވަށު ސްކޫލްގެ އެކްސްޓެންޝަން މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި

ލ. މާވަށު ސްކޫލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީ.ސީ.ސީއާ ޙަވާލުކޮށްފިއެވެ.

އެމް.ޓީ.ސީ.ސީއާ މި މަސައްކަތް ޙަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. މާވަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މިކަމުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

މި މަޝްރޫޢުގެ ދަށުން މާވަށު ސްކޫލަށް 9 ކްލާސްރޫމް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްކޫލުގެ ލެބޯރަޓަރީއާއި ލައިބްރަރީ އިމާރާތްކުރުމާއި ވަށާފާރުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު