Saturday, October 31
ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް، ކިންގް ސަލްމާން މިސްކިތުގައި ޤާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް، ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޒަކާތު ހައުސް އިން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތުގެ މަޤްޞަދަކީ ކިންގް ސަލްމާން މިސްކިތުގައި ޤާއިމްކޮށްފައިވާ އިސްލާމިކް ލައިބްރަރީ އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީ މުއްސަނދިކުރުމެވެ. މި މަސައްކަތަކީ އިސްލާމީ ތަޢުލީމީ ވަސީލަތްތައް އިތުރުކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީޢާއިން ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.

ޒަކާތު ހައުސް އިން ކޮށްފައިވާ އިޢުލާނެއްގައިވަނީ، ފޮތްތައް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ފޮތްތަކާ ގުޅޭ މަޢުލޫމާތު، info@zakathouse.gov.mv އަށް އީ-މެއިލްކުރުމުން، ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު ޒަކާތު ހައުސްގެ ފަރާތުން ހަމަޖައްސައިދޭނެކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ނުވަތަ އެހީތެރިކަމަށް އެދި، ޒަކާތު ހައުސްގެ 3021414 ނަންބަރާ ގުޅުމަށް ނުވަތަ 7328990 ނަންބަރަށް ވަޓްސްއެޕުން މެސެޖުކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު