Tuesday, November 3
ރާއްޖެ އަކީ އިންސާނީ މަސައްކަތްތެރިކަމުގެ ތެރެއިން އިޖުތިމާއީ އިޤްތިޞާދީ ގޮތުން ތަރައްޤީވަމުންދާ ޤައުމެއް: މިނިސްޓަރ ހައިދަރު

ދިވެހިރާއްޖެ އަކީ އިންސާނީ ވަޞީލަތްތަކާއި މަސައްކަތްތެރިކަމުގެ ތެރެއިން އިޖުތިމާއީ އަދި އިޤްތިޞާދީ ގޮތުން ތަރައްޤީވަމުންދާ ޤައުމެއްކަމަށް މަތީ ތަޢުލީމާއި މަސައްކަތްތރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ "6 ވަނަ އޯ.އައި.ސީ މިނިސްޓަރސް ލޭބަރ ކޮންފެރެންްސް"ގެ ނަމުގައި ގަތަރުގެ ދޯހާގައި ބޭއްވުނު ބައިނަލްއަޤްވާމީ ކޮންފެރެންސްގައި ދިވެހިރާއްޖެ ތަމްޞީލްކުރައްވައި ދެއްވި ޚިތާބުގައެވެ.

މި ޚިތާބުގައި، ދިވެހިރާއްޖެ އަކީ ކުޑަ ޤައުުމެއް ނަމަވެސް އިންސާނީ ވަޞީލަތްތަކާއި މަސައްކަތްތެރިކަމުގެ ތެރެއިން އިޖުތިމާއީ އަދި އިޤްތިޞާދީ ގޮތުން ތަރައްޤީވަމުންދާ ޤައުމެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން، 2009 ވަނަ އަހަރު އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނާއި ގުޅުމަށް ފަހު، މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކަނޑައެޅިފައިވާ އުޞޫލުތަކަށް ޢަމަލުކޮށް، މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެތަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޑރ. ހައިދަރު އިތުރަށް ވިދާޅުވީ މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސަައްކަތްތަކުގެ ތެރެއިން ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީތަކުގެ ތެރޭގައި، އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓް އަދި އޮކިޔުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް އެކްޓް އެކުލައިވައިލުމުގެ މަސައްކަތް ހިމެނޭކަމަށެވެ. މިފަދަ ޤާނޫނުތައް ޤާއިމުކުރުމުގެ ސަބަބުން އެންމެންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންވާ ހަރުދަނާ މަސައްކަތުގެ މާހަޢުލެއް ބިނާކުރެވިގެންދާނެކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު