Tuesday, November 17
ކޮޅުވެއްޓިން ގެއްލުނު 3 ވަނަ މީހާގެ ހަށިގަނޑުވެސް ފެނިއްޖެ

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ޙާދިސާގައި ގެއްލުނު މީހުންގެ ތެރެއިން، 3 ވަނަ މީހާގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

މި ހާދިސާއާ ގުޅިގެން ގެއްލިގެން ހޯދަމުންދިޔަ ސްރީލަންކާއަށް ނިސްބަތްވާ މީހާއަކީ ގެއްލިގެން ހޯދަމުންދިޔަ ފަހު މީހާއެވެ.

އޭނޭގެ ހަށިގަނޑު ފެނިފައިވަނީ، އޮޔާދަނިކޮށް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުރާސްފަތި ދުވަހު ބަނޑުން ޖަހާލި ކޮޅުވެއްޓި، "އަލްމާކް-ފިޔަ" އިން ގެއްލުނު މީހުންގެ ތެރެއިން 3 ވަނަ މީހާގެ ހަށިގަނޑު ފެނިފައިވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ. ފެނިފައިވަނީ ސްރީލަންކާ ރައްޔިތެކެވެ.

އެމީހާގެ ހަށިގަނޑު ފެނުމާއި ގުޅިގެން އިތުރު ތަފްސީލެއް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ.

ބަންޑުންޖަހާލި ކޮޅުވެއްޓީގައި ޖުމްލަ 7 މީހުން ދަތުރުކުރިއިރު، ގެއްލުނީ 3 މީހުންނެވެ. ގެއްލިގެން ހޯދަމުން ދިޔައީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. މިހާދިސާގައި ގެއްލުނު އެންމެންވެސް ވަނީ ނިޔާވެފައެވެ. އަދި އަނެއް 4 މީހުން ބަނީ ސަލާމަތްވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު