އާދިއްތަ, November 15
ޕީއެންއެފްގެ ދާއިމީ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ދާއިމީ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޕީއެންއެފް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ޤައުމީ ޖަލްސާ އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު، ޕާޓީގެ ދާއިމީ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށްވެސް އެ ދުވަހު ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މި މަޤާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ޕީއެންއެފްގެ މެންބަރުން އޮކްޓޫބަރު 23 ވަނަ ދުވަހުގެ 18:00 ގެ ކުރިން، ޕާޓީގެ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު ހުށަހެޅުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

މިގޮތުން އެ ޕާޓީއަށް އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ ރައީސަކާއި، ދެ ނައިބު ރައީސުންނާއި، ސެކްރެޓަރީ ޖެނެރަލަކާއި، ރެޖިސްޓްރަރ އަކާއި، ޚަޒާންދާރެއްގެ އިތުރުން ސެނެޓް މެންބަރެކެވެ. ޕީއެންއެފް އިން ބުނީ މި މަޤާމުތަކަށް އެދޭ ފޯމު އެ ޕާޓީގެ އޮފީހުން ލިބޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު