އާދިއްތަ, November 15
ހުޅުމާލޭ އެޕާޓްމަންޓެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވެއްޖެ

ހުޅުމާލެ ފޭސް 1ގެ ލޮޓް 10066 އެޕާޓްމަންޓުގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު 08:49 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 09:25 ހާއިރު ކަމަށެވެ.

އަދި އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވާ ކަމަށެވެ.

ނަމަވެސް އެ އެޕާޓްމަންޓުންގެ އެއް ކޮޓަރިއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު