Saturday, October 31
ތަރައްޤީގެ ނަމުގައި ހިންގާ ހުރިހާ ޢުމްރާނީ މަސައްކަތް 4-5 އަހަރަށް ހުއްޓާލުން މުހިންމު: ނަޝީދު

ތަރައްޤީގެ ނަމުގައި ހިންގާ ހުރިހާ ޢުމްރާނީ މަސައްކަތެއް ހަތަރު ފަސް އަހަރަށް ހުއްޓާލުން މުހިންމު ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުތަކުގެ ޝިޢާރަކަށް ވާންވީ "އިހަށް މަޑުކޮށްލާ" ކަމަށާއި، ދެން ވެރިކަމަށް އަންނަ ރައީސެއް ވަޢުދުވާންވީ މަޑުޖެހިލަން ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ކޮންކްރީޓަކީ ތަރައްޤީއެއް ނޫން ކަމަށާއި، އެއީ ގިނަ ފަހަރު ދަރަނި ކަމަށެވެ. އަދި ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ބަޖެޓު ސާޕްލަސް (ބާކީ) އާއި ރިޒާވް އިތުރުކުރެވި، ދަރަނި ކުޑަ ކުރެވިގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ދިވެހީންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއް. ވާން މިދާ ގޮތް، އަޅުގަނޑު މި ދައްކާ ވާހަކަ ދިވެހީންނަށް ސާފުވާނެ"، ރައީސް ނަޝީދުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު