Saturday, November 14
ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކޮށްފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށްފިއެވެ.

އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން، އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލް (ބާ ޓާމިނަލް) ގެ އޮޕަރޭޝަންތައް އޮކްޓޫބަރު 15 އިން ފެށިގެން ވަނީ އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކޮށްފައެވެ.

އެމްއޭސީއެލް އިން ބުނީ މި ބަދަލު ގެނެސްފައިވަނީ އާ ޓާމިނަލް ހުޅުވުމަށްޓަކައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންދާ ބޯޓުތައް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމުގައިވާތީ، ރަންވޭއަށް ކްލިއަރެންސް ހޯދުމަށްޓަކައި ބާ ޓާމިނަލާއި އެތަނާ އިންވެގެންވާ އިމާރާތްތަކާއި އުސް ތަންތަން ނަގައި ހުސްކުރަންޖެހޭތީ ކަމަށެވެ.

އެހެންކަމުން އޮކްޓޫބަރު 15 އިން ފެށިގެން ބާ ޓާމިނަލާ ދިމާލަށް އޮންނަ އެއާޕޯޓުގެ ޖެޓީ ބޭނުން ނުކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. އަދި އޮކްޓޫބަރު 15 އަށް ފަހު އެއާޕޯޓު ޖެޓީ ބޭނުންކުރާ ފަރާތްތަކުން ވަގުތީ ގޮތުން ބޭނުންކުރާނީ ހަނިމާދޫގެ ބަނދަރު ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެމްއޭސީއެލް އިން ވަނީ މަޢާފަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު