Monday, November 2
މުޅިރާއްޖެއަށް ވައިގަދަ، ސަމާލުވާން އެދެފި

މޫސުން އަދިވެސް ވަރަށް ގޯސް ކަމަށާ އެހެން ކަމުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން ދިވެހި ފުލުހުންގެ ޚިދުމަތުންނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ސަލާމަތީ ޚިދުމަތް ދޭ ދެ މުއައްސަސާ އިން ބުނީ ރާއްޖޭގެ ސަރަޙައްދަށް އަދިވެސް ހުޅަނގު މޫސުމުގެ ބާރުގަދަވެ ވައި ބާރުވުމާއެކު ކަނޑުތައް ގަދަވެ ވިއްސާރަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ލަފާކޮށްފައިވާ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ މިރޭ ދޭއް ޖެހުމާއި ހަމައަށް ގަޑިއަކު 19 މޭލާ 24 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދީ 45 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެއެވެ. އެހެން ކަމުން ކަނޑުމަގުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ކޮންމެހެން ދަތުރެއް ކުރަން ޖެހިއްޖެނަމަ މޫސުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށާއި މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށެވެ.

ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ކަނޑުމަތީގެ ނުރައްކާތެރި ދެ ހާދިސާއެއް ވަނީ ހިނގާފަ އެވެ.

އެއް ހާދިސާއަކީ މާލެއިން ފުރައިގެން އެރިޔަދޫ ރިސޯޓަށް ދަތުރުކުރި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާ އެވެ. ރޭ ދަންވަރު ހިނގި މި ހާދިސާގައި ދެ މީހަކު ނިޔާވެ އެކަކު ވަނީ ގެއްލިފަ އެވެ. ނިޔާވި އެކަކީ ދިވެއްސެކެވެ. އަނެއް މީހަކީ އިންޑިއާ މީހެކެވެ. ގެއްލިފައި ވަނީ ލަންކާ މީހެކެވެ.

ދެވަނަ ހާދިސާއަކީ މާލެއިން ޅ.ނައިފަރަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް އަޑިއަށް ގޮސް ހިނގި ހާދިސާ އެކެވެ. މި ހާދިސާގައި ބޯޓް އަޑިއަށް ގޮސް އޭގައި ތިބި ހަތަރު މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އަދި ބޯޓްގައި ހުރި މުދާތައް އޮޔާދާތީ ދަތުރުވެރީން ސަމާލުވާން ވަނީ އެދިފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު