Saturday, October 31
މިލަންދޫގައި ތަރައްޤީކޮށްފައިވާ ފުޓްސަލް ދަނޑާއި ވޮލީކޯޓު ހުޅުވައިފި

ސަރުކާރުން ށ. މިލަންދޫގައި ތަރައްޤީކުރި ފުޓްސަލް ދަނޑާއި ވޮލީކޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މިލަންދޫގައި ސަރުކާރުން ތަރައްޤީކުރި ފުޓްސަލް ދަނޑާއި ވޮލީކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަން ބައްލަވާލައްވައިފައެވެ.

ދެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މިލަންދޫ ކައުންސިލްގެ މެންބަރުންގެ އިތުރުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.

މިލަންދޫގައި ފުޓްސަލް ދަނޑާއި ވޮލީކޯޓު ތަރައްޤީކުރުމާއެކު އެރަށުގެ ޒުވާނުން ބޭނުންވި ގޮތަށް ފެންވަރު ރަނގަޅު ވަސީލަތްތައް ވަނީ މަގުފަހިވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު