Saturday, October 31
ބޭރު ބަސްބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ ދެމެދުގައި ބޭރު ބަސްބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާއި ގުޅޭ ތަމްރީނު ފޯރުކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އެންމެ ގިނައިން މުޚާތަބުކުރާ ބަސްބަހުން މުޢާމަލާތްކުރުމަށް ބޭނުންވާ ތަމްރީނު ދިވެހީންނަށް ފޯރުކޮށްދިނުން ކަމަށާއި، މި އެއްބަސްވުމުގެ ދަށުން، ޖުމްލަ 625 ދިވެހި ދަރިވަރުންނަށް ބޭރުގެ އެކި ބަސްބަސް ދަސްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.

ބޭރު ބަސްބަހުން މުއާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ދިނަ އަދަދެއްގެ ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ ވަޢުދެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު