Tuesday, October 13
އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން އޮންލައިންކޮށް އީ-އެރައިވަލް ކާޑު ފުރިހަމަކުރަންޖެހޭ ގޮތަށް ހަދައިފި

ޚާރިޖީ ވުޒާރާ - ފޮޓޯ: ދި އެޑިޝަން

އިންޑިއާ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން ‘10 އޮކްޓޫބަރު 2025 އިން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު އެޤައުމަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ ގޮތަށް އިންޑިއާގެ އިމިގްރޭޝަނުން ހަމަޖައްސާފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ބުނީ، އިންޑިއާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކުވެސް ފުރުމުގެ ކުރިން (72 ގަޑިއިރުތެރޭގައި) މި ލިންކް މެދުވެރިކޮށް އެރައިވަލް ފޯމު ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.

މީގެ ސަބަބުން، އިންޑިއާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައި ނުވާ ކަމަށް ޚާރިޖީ ވުޒާރާއިން ބުންޏެވެ.

އެހެންކަމުން، އިންޑިއާއަށް ދަތުރުކުރައްވާ ފަރާތްތަކުން އިންޑިއާއަށް ދަތުރުކުރެއްވުމުގެ ކުރިން " އީ-އެރައިވަލް ކާޑު" އޮންލައިންކޮށް ފުރުއްވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު