Saturday, October 31
ގޮއިދޫ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުގެ ބިންގާ އަޅައިފި

ށ. ގޮއިދޫގައި ޤާއިމްކުރާ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

ގޮއިދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގޮއިދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި މިމަސައްކަތް އިފްތިތާޙް ކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. އަދި އަރިހުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙާއި ގޮއިދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށޭނެ ކުނި މެނޭޖުކުރާނޭ ނިޒާމާއި ވަސީލަތްތައް ޤާއިމްކޮށްދެއްވާނެކަން އިޢުލާންކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު