އާދިއްތަ, November 15
ނަލަންދޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަނީ

ށ. ނަލަންދޫގައި ޓޫރިސޤތް ރިސޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. ނަލަންދޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮކްޓޫބަރު 23 ވަނަ ދުވަހުގެ 10:00 ގައި އޮންލައިންކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވެ، ނޮވެންބަރު 12 ވާ ބުދަ ދުވަހުގެ 10:00 އަށް އެ ވުޒާރާއަށް ހާޒިރުވެ ބީލަން ހުށަހެޅޭނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި އޮކްޓޫބަރު 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރު ހުށަހަޅަންވާނެއެވެ.

އެ ވުޒާރާއިން ބުނީ ބީލަން ފޮތް ގަތުމަށް ހުށަހަޅަންޖެހޭ ފޯމު އެ ވުޒާރާއިން ވެބްސައިޓުން ލިބޭނެ ކަމަށާއި، އޮކްޓޫބަރު 14 އިން ފެށިގެން ނޮވެންބަރު 10 ގެ ނިޔަލަށް އެ ވުޒާރާގެ ރިސެޕްޝަނުންވެސް ލިބޭނެ ކަމަށެވެ.

މި ބީލަމާ ގުޅޭ މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެ ވުޒާރާގެ ނަންބަރު 3022200 ނުވަތަ 3022267 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު