އާދިއްތަ, November 15
"ވިލުންތެރި މަހާސަމާ" ހަރަކާތް ނިންމާލައިފި

ދުނިޔޭގެ ނަފްސާނީ ބަލީގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ "ވިލުންތެރި މަހާސަމާ" ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ހުޅުމާލެ ފޭސް 2 ރުއްގަނޑު އޭރިއާގައި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުއާއި ޔުނިސެފް އިސްނަގައިގެ "ވިލުންތެރި މަހާސަމާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ އާއިލީ ހަވީރުގައި ސަރުކާރުގެ އެކި މުއައްސަސާތަކާ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ތަފާތު އެކި ހަރަކާތްތައް ވަނީ ހިންގައިފައެވެ.

މިގޮތުން ނަފްސާނީ ސިއްޙަތާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން އެކި ކުޅިވަރު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ދުނިޔޭގެ ނަފްސާނީ ބަލީގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި އާއިލީ ބައިސްކަލް ބުރެއް ވެސް ވަނީ ބާއްވާފައެވެ. މީގެ އިތުުރުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން އަތޮޅުތެރޭގެ އެކި ރައްރަށުގައިވެސް ދުވަހާގުޅޭ ގިނަ ޙަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ މި އަހަރުގެ ޝިޢާރަކީ "އިންސާނީ ކުއްލިޙާލަތްތަކުގައި ނަފްސާނީ ޞިއްޙަތު" އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު