Tuesday, November 3
މާލެ ސަރަހައްދުގައި 12000 ހައުސިންގ ޔުނިޓް އަޅަން ނިންމައިފި

މާލެ ސަރަޙައްދުގައި ވަރަށް އަވަހަށް 12،000 ހައުސިން ޔުނިޓް އެޅުމުގެ މަަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. މިނިސްޓަރު މުއްޠަލިބް ވިދާޅުވީ ގެދޮރުވެރިކަމަށް އޮތް ބޮޑު ޑިމާންޑް ކުރުމަށް އެކަށީގެންވާ ރަނގަޅު ސިޔާސަތެއްގެ ދަށުން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން ތަނަވަސްކަން ކުޑަ ފަރާތްތަކަށް އިޖްތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ފްލެޓް އިމާރާތްކުރުމުގެ މަޝްރޫޢުތަކެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާ އުންމީދަކީ މާލެ ސަރަޙައްދުގައި ވަރަށް އަވަހަށް 12،000 ހައުސިން ޔުނިޓް އެޅުމުގެ މަަސައްކަތް ފެށިގެން ދިއުން ކަމަށެވެ.

އެއީ މެދުފަންތީގެ އަދި ސޯޝަލް ހައުސިން ޔުނިޓްތަކެއްކަން ފާހަގަ ކުރައްވާ އެ ތަފްސީލް މިނިސްޓަރު ދެއްވި އެވެ.

* އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް

* ކޮންސެޝަނަލް ފައިނޭންސްގެ ތެރެއިން އިތުރު 5000 ހައުސިން ޔުނިޓް އެޅުން

* ބެންކު ފައިނޭންސްގެ ތެރެއިން އިމާރާތްކުރެވޭ 3,000 ހައުސިން ޔުނިޓް

މިނިސްޓަރު ވިދާޅުވީ އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ގުޅިފަޅުގައި ތަރައްޤީ ކުރަން ނިންމާފައިވާ 4000 ހައުސިން ޔުނިޓްގެ ޑިޓެއިލް ޕްރޮޕޯސަލް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި ކޮންސެޝަނަލް ފައިނޭންސްގެ ތެރެއިން އިތުރު 5000 ހައުސިން ޔުނިޓް އެޅުމަށް ބޭރުގެ އެކި ފަރާތްތަކާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު