Monday, November 2
އުތުރުގެ 5 އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ރީނދޫ އެލާޓް ނެރެފިއެވެ. އެއީ ހއ އިން ފެށިގެން ރ އަތޮޅާއި ހަމައަށެވެ.   މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު 09:40 އިން ފެށިގެން މެންދުރު 13:00 އާއި ހަމައަށް ބޯކޮށް ވާރޭވެހ ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އޭގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ކުރިން މިއަދު ހެނދުނު 09:20 އިން ފެށީގެން 15:00 އާ ހަމައަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައެވެ. އެއީ ބޯކޮށް ވާރޭވެހި، ގުގުރާ އަދި ވިލާގަނޑޫގައި ގަޑީއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު