Tuesday, November 3
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރަން ތުރުކީއާ އެކު މަޝްވަރާކޮށްފި

ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީ އިބްރާހިމް ޔުމަކްލް އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ އަންކާރާގައި ހުންނަ ތުރުކީގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީގައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު އެގްރިކަލްޗަރ ދާއިރާއިން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ދިވެހިރާއްޖޭގެ އެގްރިކަލްޗަރ ދާއިރާ ހަރުދަނާކޮށް ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީކުރުމަށް ތުރުކީ ސަރުކާރާ ގުޅިގެން ކުރެވެންހުރި މަސައްކަތްތަކާގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިންގް މިނިސްޓޤރީން މައުލޫމާތުދެއެވެ.

މިގޮތުން، ވާރޓިކަލް ފާރމިންގެ އަދި ހައިޑްރޮޕޯނިކްސް ފަދަ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހިރާއްޖޭގައި އެގްރިކަލްޗަރ ދާއިރާ އިތުރަށް ފުޅާކުރެވެން ހުރި ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކްންޑް ސެކްރެޓަރީ، އިސްމާއީލް ނިޔާޒް އާއި އެމްބަސީގެ އެޓާޝޭ މުޙައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު