Tuesday, November 3
ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލަ ގެންނަން ފަށައިިފި

 އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕީއައިއެސްޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފި އެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިހުރި ބިނާރުގެ މަސައްކަތްތައް އަލުން ފެށުމަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާނު ކުރައްވާފަ އެވެ.

އެ ކުންފުނިން ބުނީ މި އަހަރު ނިމުމުގެ ކުރީން 2.5 މިލިއަން ޓަނުގެ ބޮޑުހިލަ ރާއްޖެ ގެނައުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ. މިއީ އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫޢުތައް އަވަހަށް ނިންމަން ބޭނުންވާ ޖުންލަ އަދަދު ކަމަށާ މި ޝިޕްމަންޓްތައް ރާއްޖެ ގެނެސް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ގިނަގުނަ މަޝްރޫޢުތައް ނިމިގެން ދިއުމާއެކު ރައްޔިތުންނަށް އެތައް ލުއިފަަސޭހަތަކެއް ލިބޭނެ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް, އެމްޓީސީސީއާ ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓްގައި 56,450 ޓަނުގެ ބޮޑު ހިލަ ވަނީ ގެނެސްފަ އެވެ.

މި ޝިޕްމަންޓުން ގެނެސްފައިވާ ހިލަ ފުރަތަމަ ފޯރުކޮށްދޭނީ ބ. މާޅޮހު ބަަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް ކަމަށާ އޭގެ އިތުރުން ބ އަތޮޅާއި ރ އަދި ޅ އަތޮޅުގައި ހިންގާ އެހެނިގެން މަޝްރޫޢުތަކުގެ މަސައްކަތްތަކަށް ވެސް ބޮޑުހިލަ ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު