Tuesday, November 3
ދެކުނުގެ 4 އަތޮޅަށް ވައިގަދަވެ ހުދު ސަމާލު ނެރެފި

ރާއްޖޭގެ އެންމެ ދެކުނުން ގއ އިން އައްޑޫ ސިޓީއަށް  ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާ އިދާރާއިން ވިދާޅުވެއެވެ.

އަދި އެހިސާބުތަކަށް މިއަދު 15:15 އިން މިރޭ 20:00 އާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

ކުރިއަށް އޮތް 2 ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ޢޭ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

ރާއްޖޭގެ އެކި ހިސާބަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާ އިދާރާއިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު