Tuesday, November 3
ފީފާ ޓެކްނިކަލް ކޮމެޓީގެ މެމްބަރަކަށް ތާރިޤް ހޮވިއްޖެ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރުކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު ހަމަޖައްސަވައިފިއެވެ.

މިއީ ދިވެއްސަކު ފީފާގެ އެޑްވައިޒަރީ ކޮމިޓީއަކަށް އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ. ފީފާގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީގެ މެންބަރުކަމަށް ޠާރިޤް އައްޔަންކުރައްވާފައިވަނީ 2025-2029 އާއި ހަމައަށް ކުރިއަށްދާ ދައުރަށެވެ.

މި ކޮމިޓީއަކީ ޓެކްނިކަލް މިންގަނޑުތައް އެކުލަވާލާ ދުނިޔޭގެ ފުޓްބޯޅައިގައި އެ މިންގަނޑުތައް ހިފެހެއްޓުމަށް ބާރުއަޅާ ކޮމިޓީއެކެވެ. ފީފާ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީ އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ.

ފީފާގެ ސްޓޭންޑިންގ ކޮމިޓީއަކަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަންކޮށްފައިވާއިރު މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ހަޔާތުގައި ލިބިގެންދާ ތާރީހީ ކާމިޔާބީއެއްކަމަށް އެފްއޭއެމުން ބުނެއެވެ.

އެފްއޭއެމްގެ ރައީސް ޠާރިޤު ވަނީ ދާދިފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއި ބައްދަލުކުރައްވާ ރާއްޖޭގެ ފުޓްބޯޅަ އިދާރާ އިސްލާހު ކުރެއްވުމަށް ކުރައްވާ މަސައްކަތަކާއި ފުޓްބޯޅައިގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު