Tuesday, November 3
ބޮޑުގެ މިސްކިތް މިމަހު ބަންދުކޮށް، ދާއިމީ މިސްކިތުގެ މަސައްކަތް ފަށަނީ

މާފަންނު ބޮޑުގެ މިސްކިތް ބަންދުކޮށް އެތަނުގައިވާ ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތް މިމަހުގެ 17 ވަނަ ދުވަހު ފަށްޓަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މާފަންނު ބޮޑުގެ ބިމުގައި ދާއިމީ މިސްކިތެއް ބިނާކުރުމަށް ވިޔަފާރިވެރިންގެ ޓީމަކާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މާފަންނު ބޮޑުގެ މިސްކިތް، މިމަހުގެ 17 ވަނަ ދުވަހު ހުކުރު ނަމާދުގެ ފަހުން ބަންދު ކުރާނެކަމަށެވެ. އެއަށްފަހު، އެތަނުގައިވާ ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތްފަށްޓަވާނެކަމަށާއި، އަންނަ މަހުގެ 4 ވަނަ ދުވަހު އެތަނުގައި އައު ޒަމާނީ މިސްކިތުގެ ބިންގާ އަޅާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މާފަންނު ބޮޑުގެ ބިމުގައި ބިނާކުރަނީ 3 ފަންގިފިލާގެ ދާއިމީ މިސްކިތެކެވެ. އަދި އެ މިސްކިތް ބިނާކުރަނީ، ނަމާދުކުރުމުގެ އިތުރުން ދީނީ ޢިލްމު އުނގަންނައިދިނުމަށް ބޭނުންވާ ކްލާސްތައްވެސް ހިމެނޭގޮތަށެވެ. އެގޮތުން މިސްކިތުގެ ނަމާދުކުރާ ބައިގެ އިތުރުން، ޤުރްއާން އުނގަންނައިދެވޭގޮތަށް ކްލާސްރޫމާއި ލައިބްރަރީ ހުންނާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު