Tuesday, November 3
ހިޔާވަހި ލޯނު ދޫކުރަން ފަށައިފި

ސަރުކާރުން ތައާރަފްކޮށްފައިވާ ހިޔާވަހި ސްކީމްގެ ދަށުން ލޯނު ދޫކުރަން ފަށައިފިއެވެ.

ފުރަތަމަ ބުރުގައި 23 ފަރާތަކަށް ފައިނޭންސިން ދިނުމަށް ނިންމަށް ވަނީ ނިންމާފައެވެ.

ހިޔާވެހި ފައިނޭންސިންގ ސްކީމްތަކުން ލޯނު ލިބޭ 15  ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ޚާއްސަކޮށްގެން ހުޅުވާލި ހިޔާވެހި ފައިނޭންސިންގ ސްކީމްއަކީ އިސްލާމިކް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އެންމެ އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ 3 ބޭންކަކާއި ގުޅިގެން އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިން ޕްރޮގްރާމެކެވެ.

އަދި ފައިނޭންސް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބެއެވެ. މިގޮތުން އެންމެ ފުރަތަމަ ލޯނު ދޫކުރަން ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ. އަދި މިހާރު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންއާއެކު އެއްބަސްވުން އެކުލަވާލުމަށް ތައްޔާރުވަމުން އަންނަކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އިމާރާތް ކުރުމާ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ސްކީމްއަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމުން 2256 އެޕްލިކޭޝަން ލިބިފައިވާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު