Saturday, October 31
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓުނެގުމަށް މާލޭގައި 7 ވޯޓް ފޮށި ބަހައްޓާނެ: އިލެކްޝަންސް

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ ވޮޓްގައި މާލޭގައި 7 ވޯޓް ފޮށި ބެހެއްޓުމަށް ނިންމައިފިއެވެ.

އައްޑޫ ސިޓީގެ ހުޅުދޫ މީދޫ އަދި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް މުޅި ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.

ރޭގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ މިމަހުގެ 25ވަނަ ދުވަހު ނަގާ މި ވޯޓުގައި ވޯޓު ފޮށިތައް ބަހައްޓާނީ ފޭދޫއާއި ހުޅުދޫ އަދި މީދޫގެ އިތުރުން މާލޭގައި އެކަނިކަމަށެވެ.

އެގޮތުން ފޭދޫގައި 5 ފޮށި، ހުޅުދޫގައި 3 ފޮށީގެ އިތުރުން މީދޫގައިވެސް 3 ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، މާލޭ ސަރަޙައްދުގައި ދިރިއުޅޭ އެރަށްރަށަށް ނިސްބަތްވާ މީހުން ވޯޓުލުމަށް، ފުރަ މާލޭގެ އެއްތަނެއްގައި 7 ވޯޓު ފޮށި ބަހައްޓާނެއެވެ.

އެއީ ފޭދޫ ރައްޔިތުން ވޯޓުލާން 3 ފޮށި، ހުޅުދޫ ރައްޔިތުން ވޯޓުލާން ބަހައްޓާ 3 ފޮށީގެ އިތުރުން މީދޫގެ ރައްޔިތުން ވޯޓުލާން ބަހައްޓާ 1 ފޮށްޓެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ މި ވޯޓުލުންވެސް ކުރިއަށް ގެންދާނީ އެހެން އިންތިޚާބުތަކުގައިވެސް ކުރިއަށްގެންދާ ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށްގެންކަމަށެވެ.

މި މަހުގެ 25ވަނަ ދުވަހު އޮންނަ އިންތިޚާބު ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު