ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭ ރެޓީނާ ލޭޒަރ ޓްރީޓްމަންޓް އައިޖީއެމްއެޗް ގައި ފަށައިފިއެވެ.
އައިޖީއެޗްއެމްގެ ސީއީއޯ އަބުދުއް ރައްޒާޤް ހަލީމް ވިދާޅުވީ އައި.ޖީ.އެމް.އެޗްގައި އިއްޔެއިން ފެށިގެން ދުވަސް ނުފުރާ ވިހާ ކުދިންނަށް ރެޓީނާ ލޭޒަރ ޓްރީޓްމަންޓް ގެ ޚިދުމަތްދޭން ފެށިގެން ދިޔުމަކީ ނުހަނު އުފާވެރި ކަމެކަމަށެވެ. މިއީ އެންމެ ނާޒުކު ތުއްތު ކުދިން ކަމުގައިވާ ދުވަސްނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ޚާއްޞަ ފަރުވާ އެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
''މިޚިދުމަތް ރާއްޖެ އިން ދެވެން ފެށުމާއެކު މިފަދަ ކުދިންނަށް ފަރުވާ ލަސްނުވެ ދިނުމުގެ ފުރުޞަތު މިވަނީ ފަހިވެގެން ގޮސްފަ. މިފުރުޞަތުގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި ނަރުހުންނަށް މަރުޙަބާއާއި ޝުކުރުދަންނަވަން'' ހަލީމް ވިދާޅުވިއެވެ.