Saturday, October 31
ލ. ގަމުގައި ހިންގި މާރާމާރީއަކާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި

ލ. ގަމުގައި ހިންގި މާރާމާރީއަކާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ލ. ގަމުގައި ދެ ބައެއްގެ މެދުގައި ހިންގި ހަމަނުޖެހުމެއްގައި މާރާމާރީ ހިންގާފައިވާ މައްސަލަ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިގޮތުން މި މައްސަލައާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ތިން ފިރިހެނަކާއި، 35 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު