Tuesday, November 3
މަންދޫގައި 12 ކްލާސް ރޫމާއި މަލްޓިޕާޕަސް ހޯލު އަޅަން އެމްޓީސީސީއަށް

މަންދޫ ސްކޫލުގެ 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލު ބިނާކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަންދޫ ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ ރިޓަޔަރޑް އަޙްމަދު ސަޢުދީ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ މަންދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި, 12 ކުލާސްރޫމްގެ އިތުރުން އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 12 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލުގެ ޢަމަލީ މަސައްކަތް ނޮވެމްބަރު މަހު ފައްޓަވާ، 2027 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމުމަށް ކަނޑައަޅުއްވަފައިވާ ކަމަށެވެ.އަދި މަންދޫގެ ތަރައްޤީއަށް ކުރިއަށް ގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން، އެންމެ އިސްކަންދެއްވާނެ އެއް މަޝްރޫޢަކީ ސްކޫލްގެ ބާރަ ކްލާސްރޫމްގެ މަޝްރޫޢު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު