Tuesday, November 3
ދެކުނުގައި މަސައްކަތްކުރާ ފުލުހުންނަށް ހިންގި ހިންގުމުގެ ދާއިރާގެ ކޯސް ނިންމާލައިފި

ސައުތު ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށް ކުރިއަށް ގެންދިޔަ ފަސްޓްލައިން މެނޭޖްމަންޓް ކޯސް ނިންމާލައިފިއެވެ.

މި މަހުގެ 6 ވަނަ ދުވަހު އައްޑޫ ސިޓީ ހުޅުމީދޫގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮލެޖްގެ ޑެޕިއުޓީ އެކްޒެކެޓިވް ޑައިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރުއެވެ.

މި ރަސްމިއްޔާތުގައި ކޮލެޖްގެ އެކްޒެކެޓިވް ޑައިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙުމާން އާއި ސައުތު ޕޮލިސް ރީޖަން ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝަމީމް އާއި ސައުތު ޕޮލިހުގައި މަސައްކަތްކުރާ އިސްވެރިންގެ އިތުރުން ކޯހުގައި ކިޔަވައިދެއްވި މުދައްރިބުންނާއި ކޯހުގެ ބައިވެރިން ބައިވެރިވެލެއްވިއެވެ.

 

މިދިޔަ ސެޕްޓެމްބަރު މަހުގެ 7 އިން މިމަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ސާޖަންޓް މުހައްމަދު އަފްރާހުއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސައުތު ޕޮލިސް ގުޅިގެން ހަތަރު ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ޕާސަނަލް އަދި އޮޕަރޭޝަނަލް ލީޑަރޝިޕް ، ސުޕަވައިޒަރީ އެކްސެލެންސް އެތިކަލް ސްޓޭންޑާޑްސް، ސުޕަވައިޒަރީ ސްކިލްސް، ލީގަލް އެވެއާނެސް، ކޮމިޔުނިޓީ ޕޮލިސިންގ އަދި ސިނާރިއޯ ޓްރެއިނިންގ ފަދަ މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ.

ފަސްޓްލައިން މެނޭޖްމަންޓް ކޯހަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓުން ލާމަރުކަޒީ އުސޫލުން ހިންގުމަށް ފަރުމާކުރެވިފައިވާ ލީޑަރޝިޕް އަދި ސުޕަވައިޒަރީ އެކްސެލެންސް ހަރުދަނާކުރުމަށް އަމާޒުކުރެވިފައިވާ ކޯހެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު