ރާއްޖޭގެ ހުރިހާ ސްކޫލް ކުދިން ދިރާސީ އައު އަހަރު ކިޔަވާނީ އޭސީ ކްލާސްރޫމްގައި ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެންމެ އިސްކަންދޭ ކަންކަމުގެ އެންމެ ކުރީގައި ތަޢުލީމީ ދާއިރާ ހިމެނޭކަމަށެވެ.
ސްކޫލް ކުދިންގެ އިތުރުން ޓީޗަރުން ވެސް ބޭނުންކުރާ ސްޓާފް ރޫމްވެސް ހުންނާނީ އޭސީ ކުރެވިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މިރޭ ވަނީ ސަރުކާރުން ރައްޔިތުންގެ ކުރިއެރުމަށް ކުރައްވަމުންގެންދަވާ ގިނަ ކަންކަން ހިއްސާކުރައްވާފައެވެ.






