Saturday, October 31
މާމިގިލީ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅައިފި

މާމިގިލީގައި އަޅާ 30 އެނުދގެ ހޮސްޕިޓަލުގެ ބިންގާ އަޅައިފިއެވެ.

މި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު އދ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގް މޫސާ ޒަމީރު، އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަބުދުﷲ ނަޠީމް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް އެވެ.

މާމިގިލީ ހޮސްޕިޓަލުގެ އަގަކީ 105,004,634.47 ރުފިޔާއެވެ. މި ހޮސްޕިޓަލް ނިމިގެންދާއިރު ޑައިލިސިސް ހިމެނޭހެން ގިނަ ޚިދުމަތްތަކެއް ޤާއިމްކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.  މިމަޝްރޫޢު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

މާމިގިލީގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމާއި ގުޅޭގޮތުން ރައީސް ރޭ ވިދާޅުވީ އެޝްރޫޢު އަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާނެ މަޝްރޫޢުތަކެއްކަމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު