އދ. ދިގުރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިދެއްވައިފިއެވެ. ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިގުރަށަށް ކުރެއްވި ދަތުރުފުޅުގައި ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވީ މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޓެންޝަން އިމާރާތުގައި ޤާއިމުކޮށްފަވާ ޚިދުމަތްތައް ބައްލަވާލައްވާފައެވެ.
ސިއްޙީ މަރުކަޒުގެ އިދާރީ މުހިންމު ޚިދުމަތްތައްވެސް އައު އިމާރާތަށް ވަނީ ބަދަލުކޮށްފައެވެ.






