Monday, November 2
ދިގުރަށު ގޯތި ދިނުމުގެ މައްސަލަ ސަރުކާރުން ހައްލުކޮށްދޭނަން: ރައީސް

އދ. ދިގުރަށު ރައްޔިތުންނަށް ގޯތި ދިނުމުގެ މައްސަލަ ހައްލުކުރުމަށް، ރައްޔިތުން އެދޭގޮތަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެ މަނިކުފާނު މިކަމުގެ ޔަޤީންކަންދެއްވީ އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އދ. ދިގުރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހާކަފުޅުދައްކަވަމުންނެވެ.

ދިގުރަށު ރައްޔިތުންގެ ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގެ ލޭންޑް ޔުޒް ޕޭނާއި އެކަމަށް ހެދިފައިވާ އުޞޫލު އެންމެ ފުރިހަމައަށް ހެދިފައިނުވާކަމަށެވެ. މިހާރު ފާސްކުރެވިފައިވާ ލޭންޑް ޔޫޒް ޕްލޭނަށް ގޯތި އިތުރު އިތުރުކުރަން ރައްޔިތުން ބޭނުންވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އިތުރު 50 ގޯތި ދެވޭވަރަށް، ލޭންޑް ޔުޒް ޕޭނާއި އެކަމަށް ހެދިފައިވާ އުޞޫލު ހެދުމުގައި ސަރުކާރުން އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ. ރައްޔިތުންނަށް އެންމެ އިންސާފުވެރިކޮށް ގޯތި ދިނުމުގެ ކަންކަން އިއުލާން ކުރެވިގެންދާ ގޮތަށް އުޞޫލް ބައްޓަންކޮށް، ހައުސިންގ މިނިސްޓްރީން ކައުންސިލަށް ފޮނުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ އުޞޫލު ރައްޔިތުންނަށް ހާމަކޮށްދީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި އެކު ފައިނަލް ކޮށްދެއްވުމަށް ރައިސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައެވެ.

ދިގުރަށުގެ ތަރައްޤީއަށް ކުރެއްވުމަށް ނިންމަވާފައިވާ މުހިންމު މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން، ރަށުގައި މަސައްކަތްކުރާ ބޭރު މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން އިމާރާތެއް އަޅުއްވާނެކަމަށެވެ. މީގެ އިތުރުން އެންމެ ފުރިހަމަ ފުޓުބޯޅަ ދަނޑެއްވެސް އެޅުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި، ދިގުރަށު މަގުހެދުމުގެ މަޝްރޫޢާއި ސްކޫލްގެ އައު އިމަރާތް ބިނާކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ވަނީ ޙަވާލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން އދ. ދިގުރަށު ޕޮލިސް ޕޯސްޓްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމުގެ އިތުރުން، އދ. ދަނގެތީ ޞިއްޙީ މަރުކަޒުގެ އޮފީސް އިމަރާތް ވަނީ ހުޅުވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު