އާދިއްތަ, November 1
ދަނގެތީ އެފްއާރުސީގެ ބިންގާ އަޅައިފި

އދ ދަނގެތީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

ދަނގެތީގައި ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމެޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރ އިބްރާހީމް ޝަރީފެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފެއްޓެވި މަޝްރޫއެކެވެ. މި ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ދަނގެތީގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ އިންޑޯ ޖިމް އާއި އެރޮބިކްސްއާއި ބޯޑު ގޭމުތައް ކުޅެވޭ ގޮތަށް ތަރައްޤީކުރާ ސެންޓަރެކެވެ. އަދި މީޓިންގ ރޫމާއި އެކި ކަހަލަ ޓްރޭނިންތައް ހިންގުމަށް ކުލާސް ރޫމެއް ހިމެނޭނެއެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. މިއީ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަމާއި ގުޅިފައިވާ މުހިންމު މަޝްރޫއުތަކެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު