Saturday, October 31
ރޭގެ މުޒާހަރާއިން ދޭހަވަނީ ރައީސް ޑރ. މުޢިއްޒުގެ ލީޑަރޝިޕަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އޮތްކަން: އާދަމް ޝަރީފް
ސަރުކާރާ އިދިކޮޅު ފަރާތްތަކާ ގުޅިގެން އެމްޑީޕީން އިންތިޒާމުކޮށްގެން ރޭ މާލޭގައި ބޭއްވި މުޒާހަރާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕަށް ދިވެހި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އޮތްކަން ދޭހަވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރގެ މި ޕޯސްޓްގައި ޤައުމުގައި ހަމަނުޖެހުން ހިންގަން ރައްޔިތުން ބޭނުންނުވާ ކަމާ، ޕޮލިހުންގެ ޕްރޮފިޝަނަލްޒަމް ރަނގަޅުވަމުން އަންނަކަމާ، އަދި ޤާނޫނީ އިމުގެ ތެރޭގައި ޞުލްޙަވެރި މުޒާހަރާކުރުމުގެ ފުރުޞަތު އޮތްކަން ވެސް ދޭހަވިކަމަށް ވިދާޅުވެފައި ވެއެވެ. "ރާއްޖޭގައި މި އޮތް މަލްޓިޕާޓީ ޑިމޮކްރަސީން ކުރެވޭ ތަޖުރިބާއިން އެނގެނީ ޤައުމު ބިނާކޮށް، ތަރައްޤީގެ މަސައްކަތްކުރެވޭނީ ޕީއެންސީން ވެރިކަންކުރާ ދުވަސްތަކުގައިކަން" މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ. މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ މި މެސެޖު ނިންމާލައްވާފައި ވަނީ އެމްޑީޕީ ލީޑަރޝިޕް ބަލިވެފައި އޮތް މިންވަރާއި، ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް 4 މީހަކު މަސައްކަތްކުރާކަން ހާމަކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު