Saturday, October 31
އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް
ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ. މިގޮތުން އާރުޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހއ. އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޒަމާނީ ހިނގުމުގައި ސްޓޯރމް ވޯޓަރ ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ބެކް ފިލިންގގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. 102,846,733.89ރ. އަށް އާރުޑީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ 40 އިންސައްތަ އަށްވުރެ ބޮޑު ބައި މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢު ނިމޭއިރު، އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވި، މަގުތަކުގައި ނިޝާންތައް ކުރެހި، ސްޕީޑް ބްރޭކަރުތަކާއި މަގުބައްތި އަދި ޓްރެފިކް ސައިން ބޯޑުތައްވެސް ހަރުކުރެވިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު