Saturday, October 31
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ހުރި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން އޮތީ ބުރާސްފަތި ދުވަހު އާރުޑީސީގައެވެ. އާރުޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، މާލީ ތަނަވަސްކަން ނެތް ފަރާތްތަކުގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ހުރި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މީގެ ކުރިންވެސް އާރުޑީސީއާއި އިޖުތިމާޢީ ވުޒާރާއާ ގުޅިގެން ވަނީ އިންޓަރންޝިޕް ޕުރޮގުރާމެއްވެސް ކުރިއަށްގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު